ނޯޓް: މިލިޔުމުގައި ސިފަކޮށްދީފައިވާ މަންޒަރުތަކާއި ވާހަކަތަކަކީ ޙަޤީޤި ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް، ފޮނިތޮށްޓާއި ކާފޫރުތޮޅި އަޅައިގެން، ގެނެސްދީފައިވާ މަންޒަރުތަކާއި ވާހަކަތަކެކެވެ.
(ފޯނުން)
ގޭގެ ވެރިފަރާތް: ..........
އަހަރެން: އައްސަލާމް ޢަލައިކުމް
ގޭގެ ވެރިފަރާތް: .........
އަހަރެން: ހަލޯ!! ހަލޯ!! އަޑުއިވޭތަ؟
ގޭގެ ވެރިފަރާތް: (ރުންކުރު ފާޑަކަށް) އާނ. ކިހިނެތްވީ؟
އަހަރެން: އަޅުގަނޑު މިގުޅާލީ އައިބޭގައި ކުއްޔަށްދޭން އެޕާރޓްމަންޓެއް ޖަހާފަ އޮތީމަ އެތަން ބަލާލަންވެގެން
ގޭގެ ވެރިފަރާތް: މިރޭ އަށެއް ޖަހާއިރު އޮލިމްޕަސް ކުރިމައްޗަށް އާދޭ
އަހަރެން: އެންމެ ރަގަޅު. ޝުކުރި...
ގޭގެ ވެރިފަރާތް: (ފޯނު ބާއްވައިފި)
ރޭގަނޑު
(ފޯނުން)
ގޭގެ ވެރިފަރާތް: އާނ. ކީކޭ؟
އަހަރެން: ހަލޯ
ގޭގެ ވެރިފަރާތް: ކާކު ތީ؟
އަހަރެން: މިއަދު ހެނދުނު ގުޅީމެއްނު އަޅުގަނޑު. އެޕާރޓްމަންޓް ބަލަންވެގެން. އޮލިމްޕަސް ކައިރިއަށް އައިސް
ގޭގެ ވެރިފަރާތް: މިހާރު ބޭރުގަ. އަހަރެން އިރުކޮޅަކުން ގުޅާނަން
އަހަރެން: އާނ އޯކޭ
ޖެހިގެން އައި ދުވަހު ހެދުނު
(ފޯނުން)
އަހަރެން: ހަލޯ! ރޭގަ ކިހިނެއް ހެދީ؟
ގޭގެ ވެރިފަރާތް: ކީކޭ؟ ތީ ކީއްކުރާމީހެއް؟
އަހަރެން: އެޕާރޓްމަންޓް ކުއްޔަށްހިފަން. ރޭ ގުޅާނަމޭ ބުނީމެއްނު
ގޭގެ ވެރިފަރާތް: އެތަން މިހާރަކު ނެތް
އަހަރެން: އެއީ ކީއްވެތޯ؟
ގޭގެ ވެރިފަރާތް: އެހެންމީހަކަށް ކުއްޔަށްދީފިން
އަހަރެން: އައްދޭ! ތީދެން ވަރަށް ހެއްވާގޮތެއް. ދެން ނެތްތަ ކުއްޔަށް ދޭ ތަނެއް؟
ގޭގެ ވެރިފަރާތް: އާން ނެތް. (ފޯނު ބާއްވައިފި)
އިރުކޮޅެއްފަހުން
(ފޯނުން)
ގޭގެ ވެރިފަރާތް: ހަލޯ!
އަހަރެން: Hello. I saw your ad on iBay
ގޭގެ ވެރިފަރާތް: Hello hello. Yes it's available. I have many places for rent
އަހަރެން: Oh
ގޭގެވެރިފަރާތް: Very cheap price. I give you discount for furniture too
އަހަރެން: That's great! Tell me a good time to go check the place
ގޭގެ ވެރިފަރާތް: You tell time. I pick you on my cycle
އަހަރެން: Let's go now. I am near Olympus
ގޭގެ ވެރިފަރާތް: Good. I go now
އަހަރެން: Awesome! Thank you
ގޭގެ ވެރިފަރާތް: No no no. Thank you very much
އޮލިމްޕަސް ކައިރިން
އަހަރެން: (ސަލާމް ކޮށްލަން އަތްދިއްކޮށްލަމުން) ކޮބާ ކިހިނެތްތޯ؟
ގޭގެ ވެރިފަރާތް: އޭނ؟؟ ތީކާކު؟
އަހަރެން: އިއްޔެ ގުޅިމެންނުންތޯ އެޕާރޓްމަންޓް ކުއްޔަށްހިފަން
ގޭގެ ވެރިފަރާތް: އެހެންތަ؟
އަހަރެން: އާނ. ކޮބާ ނެތްތަތަނެއް މިހާރު؟
ގޭގެ ވެރިފަރާތް: އާނ. ނެތް ހަމަ. ވަރަށް ތާށި ތަންތަން.
އަހަރެން: އެކަމު ދެންމެ އަހަރެން ގުޅީމަ ތިބޭފުޅާ ބުނި އެބަހުއްޓޭ. އެތަން ދައްކަން އެމީހާ ބަލައެއްނު ތިޔައީ އަސްލު
ގޭގެ ވެރިފަރާތް: ކަލޭތަ ވާހަކަ ދެއްކީ އިނގިރޭސިބަހުން؟
އަހަރެން: އާނ. ތިބޭފުޅާ އަޅުގަނޑަށް ދޮގުހެދީނު
ގޭގެ ވެރިފަރާތް: އަހަރެން ދެނީ ހަމައެކަނި ބޭރުމީހުންނަށް
އަހަރެން: އަހަރެންވެސް ހަމަ އެވަރަށް ކުލި ދައްކަފާނަމޭ
ގޭގެ ވެރިފަރާތް: (އިރުކޮޅަކު ވިސްނަންހުރެފަ) ކުއްޔަށްދޭ އެޕާރޓްމަންޓަކީ ތިންސަތޭކަ އަކަފޫޓުގެ ތަނެއް.
އަހަރެން: ސިޓިންގ ރޫމެއް ހުރޭތަ؟
ގޭގެ ވެރިފަރާތް: އަސްލު މިއީ ކޮޓަރިއެއް. ކޮޓަރީގެ އެއްކޮޅުގަ ކައްކާ ކެވޭގޮތަށް ހަދާފަ ހުންނާނީ. ބޭނުމިއްޔާ ސޯފާ ބަހައްޓަންވީ
އަހަރެން: ފާހަނަޔޯ؟
ގޭގެ ވެރިފަރާތް: ފާހާނަ ހުންނާނީ ބޭރުގަ. އެއީ ޖެހިގެން ހުރި އެޕާރޓްމަންޓްގެ މީހުންވެސް ބޭނުންކުރާ ފާހާނާ
އަހަރެން: އެހެންދޯ؟ ކިތައްވަނަ ބުރި؟
ގޭގެ ވެރިފަރާތް: 6 ވަނަ ބުރި. ލިފެޓެއްނުހުރޭ
އަހަރެން: ހމމ...ކުައްޔަކީ..
ގޭގެ ވެރިފަރާތް: ކުއްޔަކީ މަހަކަށް އެންމެ 5000 ރުފިޔާ. އެޑްވާންސްއަކީ 480000 ރުފިޔާ
އަހަރެން: 480000 ރުފިޔާ!!
ގޭގެ ވެރިފަރާތް: އަސްލު ވާގޮތަކީ އެޕާރޓްމަންޓުގެ އަސްލު ކުއްޔަކީ 13000. ދެން އަހަރެން މަހަކު 5000 އަށް ހަދާފަ ބާކީ 8000 ފަސް އަހަރަށް ބަހާފަ މިނަގަނީ އެޑްވާންސަށް.
އަހަރެން: އޯކޭ
ގޭގެ ވެރިފަރާތް: ކަލޭ ފަރުނީޗަރު ބޭނުންތަ؟
އަހަރެން: އޭރުން ކުއްޔަކީ ކޮބާ؟
ގޭގެ ވެރިފަރާތް: ފުލީ ފާނިޝްކޮށްފަވިއްޔާ 20000 ރުފިޔާ. އެޑްވާންސް ހަމަ ކުރިޔެކޭ އެއްގޮތަށް 480000
އަހަރެން: މައްސަލައެއް ނެތް
ގޭގެ ވެރިފަރާތް: އެތަން ބޭނުމިއްޔާ އަހަރެން އެޑްވާންސް ލާރި ބޭނުންވާނެ މިހަފްތާނގަ. ތަން ލިބޭނީ ތިން މަސް ފަހުން
އަހަރެން: ކީކޭ؟؟!
ގޭގެ ވެރިފަރާތް: އާނ. އެތަން ހުސްވާނީ ތިން މަސް ފަހުން. ދެން ކަލޭ ބޭނުމިއްޔާ ތަން ރެނޮވޭޓް ކުރަންވީ
އަހަރެން: އޭރުން ކުލިން އެހެންނޫނީ އެޑްވާންސް އިން ކަނޑާނަންތަ؟
ގޭގެ ވެރިފަރާތް: ނޫން. ރެނޮވޭޝަނަށްދާ ފައިސާ ކަލެޔަށް އަނބުރާ ދޭނަން ކުށްޔަށްދޭ މުއްދަތު ހަމަވީމަ.
އަހަރެން: ތިކަމާ ކުޑަކޮށް ވިސްނާލަންޖެހޭނީ
ގޭގެ ވެރިފަރާތް: އަވަހަށް ވިސްނާ. އެހެންމީހަކުވެސް އެބަހުރި މިތަން ބޭނުންވާ. އޭނާ އެބަ ބުނޭ އެއްފަހަރާ ފަސް ލައްކަވެސް ދީފާނަމޭ. އެކަމު އެއީ ދެން ރާއްޖެތެރޭ ބޮޑު އާއިލާއެއް. މުޅި ގެ ހީވާނީ ގޮޑެއްހެން އެމީހުން އައިސް.
އަހަރެން: އެހެންވީމާ އެގްރީމެންޓްގަ ސޮއިކުރަން ވީމަ ގުޅާ
ދެ ދުވަސް ފަސް
(ފޯނުން)
ގޭގެ ވެރިފަރާތް: އޭ. މިހާރު އެބަހުރި އެއްފަހަރާ 9 ލައްކަ ދީފަ އެތަން 10 އަހަރަށް ނަގަން ބޭނުންވާ މީހެއް. ކަލޭ އަދިވެސް އެތަން ބޭނުންތަ؟
No comments:
Post a Comment